މައްސަލައިގެ ދައުވާލިބުނު ޖަމަލް، 2020 ވަނަ އަހަރު ކާށިދޫ ޗަމަންގޭގައި ހުރި އެމްޑީ އަލް އަމީންގެ ބޮލާއި އަތުގައި ދަތްމަރުތޭލަކުން ޖަހައި އަނިޔާކުރި އެވެ. މެޑިކޯ ލީގަލް ރިޕޯޓުން ދައްކާ ގޮތުގައި އަލް އަމީނަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ.
ޖަމަލް ކޯޓުގައި ބުނި ގޮތުގައި އޭނާ އަލް އަމީންއަށް ހަމަލާދިނީ އޭނާގެ މަންމައާ އަޅުވައި ހަޑިހުތުރު އެއްޗެހި ކިޔުމުން ރުޅިއައިސްގެންނެވެ. ފުރަތަމަ ދައުވާއަށް އިންކާރުކުރި ނަމަވެސް ފަހުން ވަނީ އިއުތިރާފުވެފަ އެވެ.
ދައުލަތުން އެދުނީ 15 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅުމަށެވެ. ނަމަވެސް ކޯޓުން ކަނޑައެޅީ 10 އަހަރުގެ ޖަލު ހުކުމެކެވެ. މިހާތަނަށް ހަތަރު އަހަރާއި އެއް މަހާއި ފަސް ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ، އެ މުއްދަތު އުނިކުރުމުން އިތުރަށް ޖަލުގައި ހޭދަކުރަން ޖެހެނީ ފަސް އަހަރާއި 10 މަހާއި 25 ދުވަހެވެ.