ޖުމްލަ 75 ގެއަކަށް ފެން ވަދެ، އޭގެ ތެރެއިން 26 ގެއަކަށް އެކި ވަރުގެ ގެއްލުން ވެފައިވެއެވެ. އަދި ކައުންސިލް އިދާރާގެ ދެ ކޮޓަރިއަކަށާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވެސް ފެން ވަދެ، އަގުބޮޑު މެޝިނަރީތަކަށް ގެއްލުން ވެފައިވެވެ.
މީފެ އިތުރުން ވަރަށް ގިނަ ގޭގެ އެ ހުރީ އަގުބޮޑެތި ފަރުނީޗަރުތައް ހަލާކުވެފައިވެއެވެ. މިހާތަނަށް އިދާރާތަކުން ލަފާކޮށްފައިވާގޮތުން ގެއްލުމުގެ އަގު ހަތްލައްކަ ރުފިޔާއާއި ގާތް ކުރާނެއެވެ. ނަމަވެސް ޖުމްލަ އަދަދެއް އެނގޭނީ އެސެސްމަންޓު ނިމުމުންނެވެ.
ގެތަކަށް ލިބުނު ގެއްލުންތަކުގެ ތަފުސީލު ހޯދުމަށް އެސެސްމަންޓް އަންނަނީ ހަދަމުންނެވެ. ގިނަ ގޭބިސީތަކުގައި ގެއްލުން ވެފައި ހުރީ ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނަށެވެ. ނަމަވެސް އެއްވެސް ގެއެއްގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދޭންޖެހޭ ހާލަތަކަށް ނުދެއެވެ.
މި ވިއްސާރައިގައި ނ. ކެނދިކުޅުދޫ އާއި ޅ. ކުރެންދޫ އަށް ވެސް ގެއްލުން ވެފައިވާ ކަމަށް އެ ރަށްރަށުގެ ކައުންސިލްތަކުން ބުނެފައިވެ އެވެ.