ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ދެ ޕާޓީއަކީ ވެރިކަމުގައި އޮތް ޕީއެންސީ އަދި އިދިކޮޅު އެމްޑީޕީއެވެ.
އުމަރު މިހެން ވިދާޅުވެފައިވަނީ ހުޅުމާލެއިން ގޯތި ދޫކުރުމުގެ މައްސަލައިގައި ދިމާވެފައިވާ މައްސަލަތަކާ ގުޅިގެންނެވެ. އެ މައްސަލައިގައި ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށައިފައެވެ.
ދެ ފަހަރެއްގެ މަތިން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާފައިވާ އުމަރު ވިދާޅުވީ ވައްކަމާއި ކޮރަޕްޝަން ހުއްޓުވޭނީ ބޮޑު ދެ ޕާޓީގެ ބަދަލުގައި ތިން ވަނަ ފަރާތަކަށް ފުރުސަތު ދީގެން ކަމަށެވެ. އަދި އިސްލާމީ ޝަރީއަތް ފުރިހަމައަށް ތަންފީޒުކޮށްގެން ކަމަށް ވެސް ވިދާޅުވިއެވެ.