މި ނުރައްކާ ހާއްސަކޮށް ޒުވާން އުމުރުފުރައިގެ މީހުންނަށް ބޮޑުވާކަމަށް ދިރާސާއިން ދައްކައެވެ.
ދިރާސާގައި ބުނާ ގޮތުން މި ބާވަތުގެ ތެޔޮ ބޭނުންކުރުމުން ހަށިގަނޑުގައި އިންފްލަމޭޝަން އިތުރުވެ، ގެއްލުންހުރި މާއްދާތައް އުފެދެއެވެ. އަދި މި ތެޔޮ ބާވަތްތައް ބޭނުންކުރާއިރު އޭގެ ސްމޯކް ޕޮއިންޓަށް ވުރެ މަތިން ހޫނުކޮށްފިނަމަ، އެކްރޮލީން ކިޔާ ނުރައްކާތެރި މާއްދާއެއް އުފެދޭކަމަށް ދިރާސާއިން ދައްކައެވެ.
ދިރާސާގައި ބައިވެރިވި ތަޖުރިބާކާރުން ލަފާދެނީ އެކްސްޓްރާ ވާޖިން އޮލިވް ތެޔޮ ފަދަ ސިއްހަތަށް ފައިދާހުރި ތެޔޮ ބާވަތްތައް މެދުމިނުގައި ބޭނުންކުރުމަށެވެ. އަދި މަތީ ފިހުމުގައި ކެއްކުމަށް އެވޮކާޑޯ ތެޔޮ ފަދަ ތެޔޮ ބާވަތްތައް ބޭނުންކުރުމަށް ލަފާދެއެވެ.
ކެއްކުމަށް ބޭނުންކުރާ ތެޔޮ ބާވަތްތައް ރައްކާތެރިކަމާއެކު ބޭނުންކުރުމަށްޓަކައި، އެކި ބާވަތުގެ ތެޔޮ ބޭނުންކުރުމާއި، ފިނި އަދި އަނދިރި ތަނެއްގައި ރައްކާކުރުމަށް ދިރާސާއިން ލަފާދެއެވެ. މިކަމުގެ ސަބަބުން ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކުރެވޭނެ ކަމަށް ދިރާސާއިން ފާހަގަކުރެއެވެ.