ޕާސްޓާގައި ޕްރޮޓީނާއި ފައިބާ ގިނައިން ހުންނާތީ، ކައިގެން ގިނަ ވަގުތު ބަނޑުފުރާލައިގެން ހުންނަ ކަމަށް ދިރާސާއިން ދައްކައެވެ. އަދި މިއީ ބަރުދަން ލުއިކުރަން އެހީވާ ކަމެއް ކަމަށް ވެސް ދިރާސާއިން ފާހަގަކޮށްފައި ވެއެވެ.
ޕާސްޓާގެ އެއް ތަށްޓެއްގައި 220 ކެލަރީ އާއި 43 ގްރާމް ކާބޯހައިޑްރޭޓް ހުންނަ އިރު، ބަތުގެ އެއް ތަށްޓެއްގައި 250 ކެލަރީ އާއި 53 ގްރާމް ކާބޯހައިޑްރޭޓް ހުއްޓެވެ. އަދި ޕާސްޓާގައި އަށް ގްރާމްގެ ޕްރޮޓީން ހުންނަ އިރު، ބަތުގައި އެއަށްވުރެ މާ މަދުން ޕްރޮޓީން ހުންނަ ކަމަށް ދިރާސާއިން ދައްކައެވެ.
ހޯލްގްރެއިން ޕާސްޓާގައި ޕްރޮޓީނާއި ފައިބަރ އިތުރަށް ހުންނާތީ، އެއީ ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނަށް އެންމެ ރަނގަޅު ޚިޔާރެވެ. ނަމަވެސް ބުރައުން ރައިސް ގްލޫޓަން ފްރީ އަކަށް ވާތީ، ބަނޑަށް ބަލި މީހުންނަށް އެއީ ރަނގަޅު ހޮވުމެކެވެ.