ads
ބުރުނާއީގެ ތަމްރީނުތަކުގައި ބައިވެރިވުމަށްް ފުރި އިމާމުން
818 އިމާމުން މިއަހަރު ތަމްރީނު ކޮށްފި
އިމާމުން ތަމްރީނު ކުރުމުގެ ގައުމީ މަޝްރޫއުގެ ދަށުން މިއަހަރު 818 އިމާމުން ތަމްރީނު ކޮށްފިއެވެ.
Advertisement

އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން މިކަން އިއުލާން ކުރީ މާލެ ސިޓީގެ އިމާމުންގެ ތަމްރީނު ނިންމާލުމަށް ފަހުގައެވެ.

މި މަޝްރޫއުގެ ދަށުން ރާއްޖޭގެ 11 ސަރަހައްދަކަށް ބަހާލައިގެން ދާއިމީ އިމާމުންނަށް އަމާޒުކޮށް ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިޔައެވެ. މި ޕްރޮގްރާމްގައި ޖުމުލަ 9 މާއްދާއެއް ކިޔަވައިދިނެވެ. އޭގެ ތެރޭގައި ގުރުއާނާއި، ތަޖުވީދާއި، ތަފްސީރާއި، ފިގުހާއި، ހަދީސްގެ އިތުރުން އަގީދާގެ އިލްމުގެ ދާއިރާއިން އިމާމުންނަށް ބޭނުންވާ މުހިންމު ކަންކަން ހިމެނެއެވެ.

މިނިސްޓްރީން ބުނީ މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް މި ޕްރޮގްރާމްގެ ތެރެއިން އިމާމުންގެ ޝަހުސިއްޔަތު ބިނާކުރެވިފައިވާ ކަމަށެވެ.

ސަރުކާރުން އިމާމުންނަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެމުން އަންނަ ކަމަށާއި، އަހަރަކު މަދުވެގެން 100 އިމާމުން ތަމްރީނު ކުރުމަށް ވަނީ ނިންމާފައެވެ. އަދި ހައުސިންގ ސްކީމްތަކުގެ ތެރެއިން އިމާމުންނަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް