
މެޓުން ބުނީ ހުކުރު އަދި ހޮނިހިރު ދުވަހު އުތުރުގެ ރަށްތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް ގަދަ ވަޔާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.
މިއީ ރާއްޖެއަށް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށް މެޓުން ފާހަގަކޮށްފައިވެ އެވެ. މި ދުވަސްވަރު ކޮޅިގަނޑު އުފެދުމުގެ ފުރުސަތު ބޮޑުކަމަށާއި، މިހާރުވެސް ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑެއް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އިންޑިއާގެ ޓެމިލްނާޑޫގެ އައްސޭރިފަށާ ދިމާއަށް ޖެހޭނެ ކަމަށް ލަފާކުރެވެ އެވެ.
މީގެ އިތުރުން، ރާއްޖެއާ ދުރުން ދެކުނުގައިވެސް ކޮޅިގަނޑެއް އުފެދި ހުޅަނގަށް ޖެހެމުންދާނެ ކަމަށް މެޓުން ބުނެފައިވެ އެވެ. މި ހާލަތާ ގުޅިގެން މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.
- ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ
- އުތުރަށް ގުގުރުމާއި ވިއްސާރަ އަންނާނެ
- ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށެނީ
- ބަންގާޅު ކަނޑުގައި ކޮޅިގަނޑެއް ވަނީ އުފެދިފަ
- ރާއްޖެއާ ދުރުން ދެކުނުގައިވެސް ކޮޅިގަނޑެއް އުފެދޭނެ