ads
ނިއުރޭޑިއަންޓްގެ ދިދަ ހިފައިގެން އެ ކްލަބުގެ ސަޕޯޓަރުން
ފެބްރުއަރީ މަހު މެދުތެރޭ އާ ސީޒަން ފަށަނީ
ކުރިން ޕްލޭން ކުރި ތާރީހު ބަދަލުކޮށް، އަންނަ އަހަރުގެ ފެބްރުއަރީ މަހު ފުޓްބޯޅަ ސީޒަން ފަށަން އެފްއޭމުން ނިންމައިފިއެވެ.
Advertisement

އެފްއޭއެމުން މިހާރު ނިންމާފައިވަނީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު، އާ ސީޒަން ފަށާށެވެ. ފެބްރުއަރީ 14 ވަނަ ދުވަހު އާ ސީޒަން ފަށަން ކަލަންޑަރު ފައިނަލްކޮށް މިހާރުވަނީ ކްލަބުތަކަށް ފޮނުވާފައެވެ.

ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު، ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ މެޗުން ފުޓްބޯޅަ ސީޒަން ފަށާއިރު، އަންނަ އަހަރުގެ މާޗް މަހުން ފެށިގެން ސީނިއާ ގައުމީ ފުޓްބޯޅަ ޓީމަށް އޭޝިއަން ކަޕް ކޮލިފައިން މެޗުތައް ފަށާނެ އެވެ. ސާފް ޗެމްޕިއަންޝިޕްވެސް އަންނަ އަހަރު އޮންނާނެއެވެ. ސާފް ޗެމްޕިއަންޝިޕް ކުޅޭން ޝެޑިއުލްކޮށްފައި އޮތީ ޖޫން 15 އިން ޖުލައި 25 އާ ދެމެދަށެވެ.

ފުޓްބޯޅަ  ކަލަންޑަރުގެ މުހިންމު ތާރީހުތައް

14 ފެބްރުއަރީ – ފުޓްބޯޅަ ސީޒަން ހުޅުވާ މެޗު

17 ފެބްރުއަރީ -  ޕްރެޒިޑެންޓްސް ކަޕް

8 އޭޕްރީލް -  ދިވެހި ޕްރިމިއާ ލީގު

31 މެއި -  ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

12 ޖުލައި -  އެފްއޭ ކަޕް

18 ޖުލައި -  ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް