ads
އދ. މަހިބަދޫ ފަޅުގައި އޮތް ފަސް ލޯންޗުގައި ބަޔަކު ގަސްތުގައި ރޯކޮށްލާފައި--
ލޯންޗުތަކުގައި ރޯކޮށްލުމުގެ ފަހަތުގައި ވަނީ އައިއެސް ޖަމާއަތް!
އދ. މަހިބަދޫ ފަޅުގައި އަޅާފައިވާ ލޯންޗުތަކުގައި ރޯކޮށްލީ ޓެރަރިސްޓް ޖަމާއަތް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކަމަށް ސައިޓް އިންޓެލިޖެންސް ގްރޫޕުން ބުނެފި އެވެ.

ޓެރަރިޒަމްގެ އަމަލުތައް ދިރާސާކުރާ ސައިޓް އިންޓެލިޖެންސް ގްރޫޕުން ބުނީ އައިއެސްއިން ލޯންޗުތައް އަންދާލީ ހާއްސަ ޑިވައިސްތަކެއް ބޭނުންކޮށްގެން ކަމަށެވެ. 

ލޯންޗުތަކުގައި ހަރުކުރި ކަމަށް ބުނާ ޑިވައިސްތަކާ ބެހޭ އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ. ލޯންޗުތައް އަންދާލާފައި ވަނީ އޭޕްރިލް 15 ވަނަ ދުވަހުގެ ފަތިހު އެވެ. 

އިއްޔެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ އެއީ ބަޔަކު ގަސްތުގައި ހިންގި އަމަލެއް ކަމަށެވެ. ނަމަވެސް ތަފްސީލް ހިއްސާކޮށްފައެއް ނުވެ އެވެ. 

މަހިބަދޫގައި އަންދާލާފައި ވަނީ ފުލުހުންގެ ލޯންޗަކާއި އދ. އަތޮޅުގެ ކައުންސިލްގެ ލޯންޗާއި ސީ އެމްބިއުލާންސަކާއި އެޗްއެމްއެޗްއައި 1 އާއި އެޗްއެމްއެޗްއައި 2 އަދި ދެ ޑިންގީއެއްގަ އެވެ.

އޭގެ އިތުރުން މާޗް 22 ވަނަ ދުވަހު ލ. ގަމުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލާފައި ވަނީ ވެސް ބަޔަކު ގަސްތުގައި ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ. 

ހަރުކަށި ފިކުރާ ދެކޮޅަށް ހިންގާ ހަރަކާތްތަކަށް އިތުރުވުމާ ގުޅިގެން ހުޅުމާލޭގައި ބިދޭސީންތަކަކަށް ވަޅިން ހަމަލާދީ، އެކަމުގެ ޒިންމާ ވެސް އުފުލަނީ އައިއެސް އިން ކަމަށް ބުނެ ވީޑިއޯއެއް ނެރިފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް