ads
މަނަދޫ ހޮސްޕިޓަލް
މަނަދޫ ހޮސްޕިޓަލުގެ ޑައިލިސިސް ހިދުމަތަށް އިތުރު 2 އެނދު
ނ. މަނަދޫ ހޮސްޕިޓަލުގައި ޑައިލިސިސް ހަދާ މީހުންނަށް އިތުރު ދެ އެނދު ގާއިމުކޮށްފި އެވެ.
Advertisement

މިއީ އެ ހޮސްޕިޓަލުން ދޭ ޑައިލިސިސް ޚިދުމަތް އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރި މަސައްކަތުގެ ދަށުން ލިބުނު ކުރިއެރުމެކެވެ.

މަނަދޫ ހޮސްޕިޓަލުން ބުނެފައިވަނީ މިހާރު އެ ހޮސްޕިޓަލުން ޑައިލިސިސް ހަދަމުންދަނީ 10 މީހުން ކަމަށެވެ. އަދި އާ އެނދުތައް ލިބުމާ ގުޅިގެން ދުވާލުގެ ވަގުތުތަކުގައި ހުރިހާ ބަލިމީހުންނަށް ވެސް ޚިދުމަތް ދެވޭނެއެވެ. 

މަނަދޫ ހޮސްޕިޓަލުން ޑައިލިސިސްގެ ޚިދުމަތް ފެށީ 2017 ވަނަ އަހަރުގެ މެދުތެރޭގަ އެވެ. އޭރު ދެ އެނދާ އެކު ފެށި ޚިދުމަތަށް އެދުނީ އެންމެ މީހެކެވެ. ނަމަވެސް މިހާރު އެ ހިދުމަތް ހޯދާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

މަނަދޫ ހޮސްޕިޓަލުން މި ޚިދުމަތް ހޯދަނީ އެ އަތޮޅުގެ ލަންދޫ، ކުޑަފަރި އަދި މާފަރުގެ ބަލިމީހުން ވެސް ހޯދައެވެ. އަދި އާޓީއެލް ފެރީގެ ޚިދުމަތް ފެށުމާ ގުޅިގެން ޚިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

  • މިހާރު ޖުމުލަ 10 މީހުންނަށް ހިދުމަތް ހޯދަމުންދޭނެ
  • 2017 ގައި ފެށިއިރު އެންމެ މީހަކު ހިދުމަތް ހޯދި
  • އަތޮޅުގެ އެހެން ރަށްރަށުގެ މީހުންނާއި ޓޫރިސްޓުން ވެސް ޚިދުމަތް ހޯދޭނެ
  • އާޓީއެލް ފެރީ ޚިދުމަތާ ގުޅިގެން ޚިދުމަތް ހޯދާ މީހުން އިތުރުވަމުންދޭ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް