ads
އަލީ ހުސައިން ޖޭޕީ ޖަލްސާއެއްގައި
6 މަސް ކުރިން ރައީސަށް އެންގި ނަމަވެސް ފިޔަވަޅެއް ނޭޅި: އަލީ ހުސެން
އެޗްޑީސީގެ އިސްވެރިންގެ ކޮރަޕްޝަންގެ މައްސަލަތަކެއް މީގެ 6 މަސް ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެންގި ނަމަވެސް، އެއްވެސް ފިޔަވަޅެއް ނޭޅިކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
Advertisement

މިގޮތުން އަލީ ހުސެން ވިދާޅުވީ، އެޗްޑީސީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރު މިދިޔަ ޖުލައި މަހު ރައީސަށް ފޮނުވި ސިޓީއެއްގައި އެޗްޑީސީން ކަންކަން ނިންމަނީ ފައިސާ ދޭ މީހުންނަށް ކަމަށް ބުނެފައިވާކަމަށެވެ. އެގޮތުން ވިނަރެސް ފްލެޓް ލިބުނީ ފައިސާ ދިން މީހުންނަށް ކަމަށާއި، އެކި އަދަދުތަކުން ފައިސާ ނަގައިގެން ބިމާއި ފްލެޓް އަޅަން ފުރުސަތު ދޭ ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފައިވާކަމަށް އަލީ ހުސެން ހާމަކުރިއެވެ. 

އަލީ ހުސައިން ބުނީ ރައީސްގެ ސަމާލުކަމަށް މިކަން 6 މަސް ކުރިން ގެނެވިފައި ވަނިކޮށް އެއްވެސް ފިޔަވަޅެއް ނޭޅުއްވުމަކީ މި ހުރިހާ ކަމަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރައީސް ޒިންމާ ވާންޖެހޭނެ ކަމެއް ކަމަށެވެ.

މިހާރު ފުލުހުން ދަނީ ހުޅުމާލެއިން ގަވާއިދާ ހިލާފަށް ގޯތި ދޫކުރި މައްސަލައާއި، މާކެޓް އަގަށް ވުރެ ކުޑަ އަގުގައި އިއުލާނު ކުރުމެއް ނެތި މަޖިލިސް މެންބަރުންނާއި ސަރުކާރުގެ ނުފޫޒުގަދަ ބައެއް ފަރާތްތަކަށް ބިން ވިއްކި މައްސަލަތައް ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް