ސޯމާލިއާ ޕައިރެޓުން ކަމަށް ބެލެވޭބަކު ރާއްޖެއިން ހިފެހެއްޓިތޯ ސުވާލުކުރުމުން، ސީފައިންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޑިންގީ ކޯސްޓު ގާޑުގެ ބެލުމުގެ ދަށުން ފުވައްމުލަކު ބަނދަރަށް ވައްދާފައިވާކަމަށެވެ.
އެމީހުން މޯލްޑިވްސް ޕޮލިސްއާ ހަވާލުކުުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ފިފައިން ބުންޏެވެ.
މިދިޔަ ޖޫންމަހުވެސް ޑިންގީއެއްގައި ބަޔަކު ރާއްޖެއަށް އައެވެ.
އެ ޑިންގީ ނ. އަތޮޅު ވަވަތިއަށް ލެއްގާފައި ވަނީ ޖޫން 22 ވަަނަ ދުވަހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން މީގެ ކުރިން ބުނެފައި ވަނީ، ކުޑަކުޑަ ޑިންގީ ގައި ލެއްގި މީހުންނަކީ ކަނޑުމަތީގައި ހާލުގައި ޖެހި ބެހިގެން އާދެވުނު ބައެއްކަން ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.
އޭގެ ފަހުން އެ މީހުން ހޮޅުދޫއަށް ގެންގޮސް ކައުންސިލްގެ އެހީތެރިކަމާއި އެކު ވަގުތީ ގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވެ އެވެ.
ފުލުހުން މިއަދު ބުނީ، އެ ތިން މީހުން މިއަދު ހުޅުމާލެ އިމްގްރޭޝަން ފެސިލިޓީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ސޯމާލިއާއަކީ ރާއްޖޭގެ ހުޅަނގުން ގާތްގަނޑަކަށް 3000 ކިލޯމީޓަރު ދުރުމިނުގައި އޮތް ގައުމެކެވެ. މީގެކުރިން ވެސް ސޯމާލިއާއަށް ނިސްބަތްވާ މީހުން ޑިންގީތަކުގައި ރާއްޖެއަށް ލައްވެފައި އެބަހުއްޓެވެ.