ads
ޒަކިއްޔާގެ ދޮށީ ދަރިފުޅު ރިމްޒީ
ޒަކިއްޔާގެ މަރާއި ގުޅިގެން ހިންގި މާރާމާރީީއެއްގައި އޭނާގެ ދަރިފުޅު ހައްޔަރުކޮށްފި
ނ. ހޮޅުދޫގައި ޒަހަމްތަކާއެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި އެ ރަށުގައި ހިންގި މާރަމާރީއަކާ ގުޅިގެން އޭނާގެ ދޮށީ ފިރިހެން ދަރިފުޅު މިއަދު ހައްޔަރުކޮށްފި އެވެ.
Advertisement

މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ބުރާސްފަތި ދުވަހު ހޮޅުދޫގައި ހިންގި މާރާމާރީގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކުރީ ޖެހިގެން އައި ހުކުރު ދުވަހު ކަމަށެވެ.

އެއާއެކު ކޯޓު އަމުރެއްގެ ދަށުން ރިމްޒީ ހައްޔަރުކުރީ މިއަދެވެ.

ފުލުހުން ބުނީ މި މާރާމާރީ ހިނގާފައި ވަނީ އުފެދުނު ހަމަނުޖެހުމެއްގެ ތެރެއިން ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަނުޖެހުން ހިނގީ ޒަކިއްޔާގެ މަރުގެ މައްސަލައިގައި ދެކެވުނު ވާހަކައެއްގެ ސަބަބުންނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ހުރި ގުދަނުގެ ދޮރު ކައިރިންނެވެ. އަދި އޭނާގެ ކަރަށް ފުން ޒަހަމްތަކެއް ލިބިފައިވާއިރު ހަށިގަނޑު ކައިރީގައި ވަޅިއެއް އޮތެވެ.

އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނު ބައެއް މީހުން ބުނެފައިވަނީ އޭނާގެ ކަރު އޮތީ ބުރިކޮށްލާފައި ކަމަށާއި ހަށިގަނޑާއި ކަރު ވަކިނުވެ އޮތީ ހަމަ ކިރިޔާ ކަމަށެވެ. އަދި މީހަކު އަމިއްލަ އަށް އޭނާގެ ހަށިގަނޑަށް އެ ވަރުގެ އަނިޔާއެއް ދެވޭނެތޯ އެ މީހުން ސުވާލު އުފެއްދި އެވެ.

ފުލުހުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން ޒަކިއްޔާ މަރާލާފައިވާ ކަމަށް ބެލެވޭ ހެއްކެއް ހޯދިފައިނުވާ ކަމަށެވެ. އެހެންނަމަވެސް، ތަހުގީގު އަދިވެސް ދަނީ ކުރިއަށް ކަމަށް ވިދާޅުވި އެވެ.

ޒަކިއްޔާގެ މަރުގެ މައްސަލަ ފުލުހުން އަދިވެސް ތަހުގީގު ކުރަމުންދާއިރު ޒަކިއްޔާގެ މަރުގެ މައްސަލައިގައި އެއްވެސް މީހަަކަށް ތުހުމަތު ކުރެވި އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ. އެހެންވެ އެ ރަށުގައި މިހާރު ގެންދަނީ ދޭތެރެދޭތެރެއިން ޒަކިއްޔާގެ މަރަށް އިންސާފު ހޯދުމަށް ކަމަށް ބުނެ އިހްތިޖާޖުވެސް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް