އާޒިމާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މައްސަލައަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ އަމުރަކަށް ފެށި ތަހުގީގެއް ކަމަށް ވެފައި، ހުރިހާ ހެއްކަކާއި ގަރީނާތައް ރައްކާތެރިކޮށްފައި ހުންނަންވާނެ ކަމަށެވެ.
އެޗްޑީސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް، އެ ކުންފުނީގެ ފަރުކޮޅު އޮފީހުން ފަސް ލެޕްޓޮޕް ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެ ލެޕްޓޮޕްތައް ވަނީ ފަހުން ހޯދާފައެވެ. މި މައްސަލައާ ގުޅިގެން އާޒިމާ ވިދާޅުވީ މިއީ އޮފީހުގެ ތެރޭގައި ހިނގާ ޖިނާއީ މައްސަލައަކަށް ވެފައި، މި ކަމުގައި ބައިވެރިވި ފަރާތްތައް އެ އޮފީހުގައި މަސައްކަތްކުރާ ނުވަތަ އެކްސެސް އޮންނަ ބައެއް ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ.