ads
ނޭޕާލް މީހެއްގެ މަރު: ޖިންސީ އަނިޔާ ލިބިފައިވާކަން ރިޕޯޓުން ނުދައްކާ
ނޮވެމްބަރު 9 ވަނަ ދުވަހު އައިޖީއެމްއެޗްގައި ނޭޕާލްގެ އަންހެނަކު ނިޔާވެފައިވާ ކަމަށާއި އޭނާއަށް ޖިންސީ އަނިޔާއެއް ލިބިފައިވާކަން އެއްވެސް މިންވަރަކަށް ފާހަގަ ނުކުރެވޭ ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ބިދޭސީ އަންހެނަކު ގޭންގަކުން ރޭޕްކޮށް މަރާލާފައިވާ ކަމަށް ބުނެ ބަޔަކު ދަނީ ވާހަކަ ފަތުރަމުންނެވެ. ބައެއް ޕޯސްޓްތަކުގައި ބުނަނީ އެއީ އިންޑޮނޭޝިއާ އަންހެނެއް ކަމަށެވެ. ބައެއް ޕޯސްޓްތަކުގައި ނޭޕާލް މީހެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އުމުރުން 25 އަހަރުގެ ކަންޗަލް ދުގެލް ނިޔާވެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ނިމުނު ނޮވެމްބަރު، 9 ވަނަ ދުވަހުގެ ހެނދުނު ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ކުރިއށް ގެންދިޔަ ތަހުގީގަށްފަހު އެނގިފައިވަނީ ކަންޗަލް ދުގެލް، ހޮސްޕިޓަލަށް ގެނެވިފައިވަނީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސަން ފެށުމާ ގުޅިގެން ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެނައުމުގެ މަގުމަތީގައި އޭނާގެ ހަބަރު ހުސްވިކަން ފާހަގަވެފައިވާކަން ވެސް ފުލުހުން ބުނެ އެވެ.

ކަންޗަލްގެ މެޑިކަލް ލީގަލް ރިޕޯޓްގައި އޭނާ މަރުވި ސަބަބު "އަންނޯން" ކަމަށް ބަޔާންކޮށްފައި ވާކަން ވެސް ފުލުހުން ފާހަގކުރެއެވެ.

"ރިޕޯޓްގައި ޖިންސީ އަނިޔާއެއް ލިބިފައިވާކަން އެއްވެސް މިންވަރަަކަށް ފާހަގަކޮށްފައި ނުވޭ، އަދި ކަންޗަލް ދުންގެލްގެ އަކީ އެނޭމިއާ ގެ މެޑިކަލް ހިސްޓްރީ އެއް އޮންނަ މީހެއް ކަން އެނގިފައިވޭ" ފުލުހުން މައުލޫމާތުދެއެވެ.

އޭނާގެ ހަށިގަނޑާ ސްޕޮންސާގެ ފަރާތުން ހަވާލުވެފައި ނުވާތީ ހަށިގަނޑު މޯޗަރީއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް