މިނިސްޓްރީން ބުނީ ރާއްޖެއިން ބައިވެރިވެފައިވާ ދުނިޔޭގެ ޖަނަވާރުންގެ ސިއްހަތާބެހޭ ޖަމިއްޔާގެ އެނިމަލް ހެލްތު ކޯޑުގައި ޖަނަވާރުންގެ ދުޅަހެޔޮކަމަށް އިސްކަންދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
މިފަދަ އަނިޔާވެރި އަމަލުތަކަކީ އިންސާނިއްޔަތާ ހިލާފު ކަމެއްކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން މާލެ އާއި އެހެނިހެން ރަށްރަށުގައި އުޅޭ ބުޅާތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ފެށުމަށް ވަނީ ނިންމާފައެވެ. އަދި މާލޭގައި އުޅޭ ބުޅާތަކަށް ހިޔާވަހިކަން ފޯރުކޮށްދިނުމަށް "އޮޅު ހިޔާ" ގެ ނަމުގައި ކެޓް ޝެލްޓަރެއް ސަރުކާރުން ވަނީ ގާއިމުކޮށްފައެވެ.
މިނިސްޓްރީން އިތުރަށް ބުނީ ޖަނަވާރުންނަކީ ބުއްދި ނުވާ ތަކެތި ކަމުގައިވިޔަސް، އެތަކެއްޗަށް އަނިޔާކުރުމަކީ އިސްލާމްދީނުގައިވެސް މަނާކުރާ ކަމެއް ކަމަށެވެ. އަދި ޖަނަވާރުންނަށް އޯގާތެރިވެ އަޅާލުމަކީ އިންސާނުންގެ ޒިންމާއެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.