ގޭގެ އާއި ވިޔަފާރީތަކުން ކުނި ނެގުމުގެ ހިދުމަތް ވެމްކޯއިން މިހާރު ދެމުން އަންނަ ރަށްތަކުގެއިތުރުން ކައުންސިލްތަކުން އެދިގެން ފާއިތުވެދިޔަ ދުވަސްތަކުގައި ވެސް ވަނީ ރާއްޖޭގެ އެކި ރަށްރަށުގެ ކުނިކޮށީގައި ހުރި ކުނިތައް ހުސްކޮށްދިނުމުގެ ހިދުމަތް ދީފައިކަން އެ ކޯޕަރޭޝަނުން ފާހަގަކުރެ އެވެ.
އެ ހިދުމަތް ދިންނަމަވެސް އެ މަސައްކަތް ކުރަމުން އައިސްފައިވަނީ އެކަމަށް ބޭނުންވާ ދިރާސާތައް ނުކޮށް ކަމަށްވުމާއެކު އެހިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި މިހާތަނަށް ދެވިފައި ނުވާކަން ފާހަގަކޮށް ވެމްކޯއިން ބުނީ އެކަމުގެ ސަބަބުން ކޯޕަރޭޝަންއާއި ކައުންސިލްތަަކަށްވެސް މާލީގޮތުން ބުރަބޮޑުވެގެން ދިޔަކަމަށެވެ.
އެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމުގެ ގޮތުން ކުންފުނި މާލީގޮތުން ފުދުންތެރި އަދި އަރަނިވެރި ހާލަތަކަށް ގެނައުމަށްޓަކައި ވެމްކޯއިން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަން އެ ކޯޕަރޭޝަނުން ބުނެއެވެ.
އެ ހިދުމަތާ ގުޅިގެން ކުންފުނިން މީޑިއާއަށް ދީފައިވާ މައުލޫމާތަކީ އެ ހިދުމަތް ފުޅާކޮށް ކައުންސިލްތަކަށްވެސް ބުރަބޮޑު ނުވާނެހެން އަދި ކުންފުންޏަށްވެސް އެހިދުމަތުގެ ސަބަބުން މާލި ގެއްލުން ނުވާނެ ގޮތަށް ހިދުމަތް ބައްޓަން ކުރެވިގެން ދާނެ ވާހަކަ ކަން ވެމްކޯއިން ފާހަގަކުރެ އެވެ.