މި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިރޭ 8 ޖަހާއިރުއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިކަން އިއުލާން ކުރަމުން ބުނެފައިވަނީ މި ފަރިތަކުރުންތަކުގައި ދެ މިނެޓުގެ ތިން ހަވާ ޝޯވްއެއް ދައްކާލާނެ ކަމަށެވެ. މިއީ އާ އަހަރު ފެށޭ ރޭ ހަވާ އެރުވުމުގެ ތައްޔާރީތަކުގެ ގޮތުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.
އާ އަހަރު ފެށުމާއި ގުޅިގެން ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަވާ އެރުވުމާއި އެހެނިހެން ހަރަކާތްތައް ބާއްވަމުން އަންނަ ކަމަށް އެމްއެންޑީއެފްއިން ފާހަގަކޮށްފައިވެއެވެ. މިފަދަ ހަރަކާތްތަކަކީ އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބޭ ހަރަކާތްތަކެކެވެ.