ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފައިވަނީ މި މައްސަލައިގައި ފެނަކައަށް 848،000 ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށެވެ. މިއީ 2018 ވަނަ އަހަރު ފެނަކައާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، މަސައްކަތް ފުރިހަމަ ނުކޮށް ފައިސާ ދޫކޮށްފައިވާ މައްސަލައެކެވެ.
ދެ ފަރާތުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. މި ކުށް ސާބިތުވެއްޖެނަމަ އެންމެ ކުޑަމިނުން 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ކުރެވޭނެއެވެ.
މި މައްސަލައިގައި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު މަންފާ ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ. އަދި މަސައްކަތް ނިމުނުކަން ކަށަވަރު ނުކޮށް ފައިސާ ދޫކޮށްފައިވާ ކަމަށްވެސް ތުހުމަތު ކުރެވެއެވެ.