އެނގިފައިވާ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިހާރު ބަލައި ފާސްކުރަމުން އަންނަނީ މޫކޭގެ އެޕާޓްމަންޓަކާއި އޭނާގެ އަންހެނުންގެ އެޕާޓްމަންޓެއްގެ އިތުރުން ހިޔާނާތުގެ މައްސަލައިގެ ތުހުމަތު ދެން އަމާޒުވާ ޔާސިރު ހަސަން ދިރިއުޅޭ އެޕާޓްމަންޓެެވެ.
އާރުޑީސީގެ ހިޔާނާތުގެ މައްސަލަ ޕޮލިހަށް ހުށަހެޅީ މީގެ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު ގަ އެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން އެއިރު ބުނެފައި ވަނީ އާރުޑީސީގެ އެކައުންޓުން ތިން މީހެއްގެ އެކައުންޓަށް 14 މިލިއަން ރުފިޔާ ފޮނުވާފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ކުރިން ބުނެފައި ވަނީ އާރުޑީސީގެ އެކައުންޓުން ތިން މީހެއްގެ އެކައުންޓަށް 14 މިލިއަން ރުފިޔާ ފޮނުވާފައިވެ އެވެ.
މި މައްސަލާގައި ހިމެނޭ ފައިސާ ދައުރު ކޮށްފައި ވަނީ ފުލުހުން ބުނެފައިވާ ގޮތުގައި 2018 އިން ފެށިގެން 2022 އާ ހަމައަށެވެ.
އަމިއްލަ ބޭނުންތަކަށް އެ ފައިސާ ދައުރު ކުރަން 216 ޓްރާންސެކްޝަން ހިންގާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފާއިތުވި ދައުރުގައި ފެންމަތިވި މި މައްސަލާގައި ފުލުހުން ތަހުގީގެއް ފެށީ މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)އިން އެ މައްސަލަ ފެންމަތިކުރުމާ ގުޅިގެން އެ ދެ އިދާރާ ގުޅިގެން ކުރާ ތަހުގީގެއް ގޮތުގަ އެވެ.
މިހާތަނަށް ފުލުހުން މިރޭ ހިންގަމުންދާ އޮޕަރޭޝަނާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަނުކުރެ އެވެ. އާރްޑީސީ ކޮރަޕްޝަނުގެ މައްސަލަ ތަހުގީގުކުރަން ފެށިތާ މިހާރު އަހަރެއްހައި ދުވަސްވެއްޖެ އެވެ.
އާރްޑީސީއަކީ މޫކޭގެ އެމްޑީ ކަމުގައި ވައްކަމާއި ހިޔާނާތުގެ މައްސަލަތަކުގެ ތުހުމަތުތައް ވަރަށް ބޮޑަށް އޮތް ކުންފުންޏެކެވެ. އެ ކުންފުނީގެ ތިޖޫރީތައް ވެސް ތަކުރާރުކޮށް އެތައް ފަހަރަކު ފަޅާލަފައިވާއިރު ތިޖޫރީއެއް ގެއްލިފައި ވެސް ވެއެވެ. މީގެ އިތުރުން އާރްޑީސީގެ އޮފީހުން ބޮޑެތު ވައްކަން ކުރުން ފަދަ އެތައް ކަންކަން ވެސް ތަކުރާރުކޮށް ކުރީ ސަރުކާރުގެ ދުވަސްވަރު ހިނގާފައިވެ އެވެ.