ads
އާރުޑީސީގެ ކުރީގެ އެމްޑީ މޫކޭ(ކ) އާއި އެ ކުންފުނީގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު މަގާމުގައި ހުރި ޔާސިރު (ވ)
އާރުޑީސީގެ ކުރީގެ އެމްޑީއާއި ސީއެފްއޯގެ އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުން ގެންގޮސްފި
ކުރީ ސަރުކާރުގައި ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ)ގެ ތެރޭގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލަތަކުގެ ތަހުގީގަށް އެ ކުންފުނީގެ ކުރީގެ ވެރިންގެ އިލްޓްރޯނިކް ސާމާނުތައް ފުލުހުން ގެންގޮސްފި އެވެ.
Advertisement

ފުލުހުން ރޭ މެންދަމު ވަނީ މޫކޭގެ އިތުރުން އާރުޑީސީގެ ކުރީގެ ސީއެފްއޯ ޔާސިރު ހަސަނަށް ނިސްބަތްވާ ދެ ތަނެއް ބަލާ ފާސްކޮށްފަ އެވެ.

އެ ތަންތަން ބަލައި ފާސްކޮށް, އިލެކްޓްރޯނިކް އައިޓަމްސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"އާރުޑީސީއާ ގުޅޭ ގޮތުން ތަހުގީގު ކުރަމުން އަންނަ މައްސަލައިގެ ބޭނުމަށް، މޫކޭ ދިރިއުޅުއްވާ ތަނާއި ޔާސިރުއާ ގުޅުން ހުރި ދެ ތަނެއް ބަލައި ފާސްކޮށް އިލެކްޓްރޯނިކް އައިޓަމްތަކެއް ވާނީ ގެންގޮސްފައި" ގެންދިޔަ ތަކެތީގެ ތަފުސީލު ނުދެއްވާ ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވި އެވެ. 

އާރުޑީސީއަކީ އެމްޑީޕީގެ ވެރިކަމުގައި ގިނަ ހިޔާނާތްތަކެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ ކުންފުންޏެކެވެ. އެ ވެރިކަން ނިމުނުއިރު އެ ކުންފުނި އޮތީ ވަރަށް ބޮޑަށް ދަރުވާލާފަ އެވެ.

އާރުޑީސީގެ ހިޔާނާތުގެ މައްސަލަ ޕޮލިހަށް ހުށަހެޅީ މީގެ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު ގަ އެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން އެއިރު ބުނެފައި ވަނީ އާރުޑީސީގެ އެކައުންޓުން ތިން މީހެއްގެ އެކައުންޓަށް 14 މިލިއަން ރުފިޔާ ފޮނުވާފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ކުރިން ބުނެފައި ވަނީ އާރުޑީސީގެ އެކައުންޓުން ތިން މީހެއްގެ އެކައުންޓަށް 14 މިލިއަން ރުފިޔާ ފޮނުވާފައިވެ އެވެ.

މި މައްސަލާގައި ހިމެނޭ ފައިސާ ދައުރު ކޮށްފައި ވަނީ ފުލުހުން ބުނެފައިވާ ގޮތުގައި 2018 އިން ފެށިގެން 2022 އާ ހަމައަށެވެ.

އަމިއްލަ ބޭނުންތަކަށް އެ ފައިސާ ދައުރު ކުރަން 216 ޓްރާންސެކްޝަން ހިންގާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް