ads
ދިރާގުން އެ ކުންފުނީގެ 2025 ވަނަ އަހަރުގެ ކަލަންޑަރު ލޯންޗުކޮށްފި - ފޮޓޯ/ ދިރާގު
ދިރާގުގެ 2025 ވަނަ އަހަރުގެ ކަލަންޑަރު މިނިވަންކަން މަތީ އަބަދަށް ލޯންޗުކޮށްފި
ދިރާގުން އެ ކުންފުނީގެ 2025 ވަނަ އަހަރުގެ ކަލަންޑަރު ކަމަށްވާ "މިނިވަންކަން މަތީ އަބަދަށް" ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގައި ލޯންޗުކޮށްފި އެވެ.
Advertisement

އާ އަހަރުގެ ކަލަންޑަރު އިފްތިތާހުކޮށްދެއްވާފައި ވަނީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގް ޑިރެކްޓަރ، މުހައްމަދު މައުރޫފް ޖަމީލާއި އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން، އަހުމަދު ނާސިފެވެ. 

ކަލަންޑަރު ލޯންޗުކުރީ ހުޅުމާލޭގެ ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށް އެޗްޑީސީއާއި ދިރާގު ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން އެޗްޑީސީއާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.

ދިރާގުގެ "މިނިވަންކަން މަތީ އަބަދަށް" 2025ގެ ކަލަންޑަރަކީ ރާއްޖޭގެ މިނިވަންކަމަށް60 އަހަރު ފުރުމުގެ މުނާސަބަތުގައި އެކުލަވާލާފައިވާ ކަލަންޑަރެކެވެ. އެގޮތުން ކަލަންޑަރުގެ ކޮންމެ މަހެއްގައި ވެސް ދިވެހި ސަގާފަތާއި އާދަކާދަތަކާ ގުޅުވާފައިވާ، ގައުމިއްޔަތު ރަމްޒުކޮށްދޭ ނިޝާނެއް ދައްކުވައިދެއެވެ. މީގެ އިތުރުން ދިރާގުން ކޮންމެ މަހެއްގައި ދައްކުވައިދޭ ނިޝާނާއިބެހޭ ވީޑިއޯއެއް ނެރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މި ވީޑިއޯގައި މިކަމާ ބެހޭ އިތުރު މައުލޫމާތު ހިމެނިފައިވާ އިރު، މިއީ ދިވެހި ތާރީހާއި ތަރިކަތައް އިތުރަށް އުނގެނުމަށް ބޭނުންތެރި ވަސީލަތެކެވެ.

"ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި، ދިރާގުގެ 2025 ވަނަ އަހަރުގެ ކަލަންޑަރު އިފްތިތާހުކުރުމަކީ އަޅުގަނޑުމެން ވަރަށް ފަހުރުވެރިވާ ކަމެއް. މި ކަލަންޑަރުން އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަމާއި މުއްސަނދި ތާރީހު ރަމްޒުކޮށްދޭ ނިޝާންތަކަށް އަލިއަޅުވާލައި، ދިވެހީންގެ ސަގާފަތާއި ހަރުދަނާކަމާއި އެއްބައިވަންތަކަން ދައްކުވައިދޭ،" ދިރާގުގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓާ، އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

އަދި އެޗްޑީސީއަށް އަލަށް އައްޔަންކުރެއްވި މެނޭޖިންގް ޑިރެކްޓަރ، މައުރޫފް ޖަމީލާއި އެޗްޑީސީގެ ބޯޑުގެ ޗެއާމަން، އަހުމަދު ނާސިފަށް ދިރާގުގެ 2025 ވަނަ އަހަރުގެ ކަލަންޑަރު ހަދިއްޔާކުރެއްވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް ވެސް އިސްމާއިލް ރަޝީދު ވަނީ ވިދާޅުވެފަ އެވެ. 

އަދި މި ބައްދަލުވުމުގައި އިސްމާއީލް ރަޝީދު ވަނީ، 2004 ވަނަ އަހަރުގެ އިންޑިޔާ ކަނޑުގެ ސުނާމީ ކާރިސާއަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި، މިދުވަސް ފާހަގަކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މައުރޫފް ޖަމީލަކީ އެ ކާރިސާގެ ދަނޑިވަޅުގައި ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންކަން ވެސް ފާހަގަކުރެއްވި އެވެ. 

your imageދިރާގުން އެ ކުންފުނީގެ 2025 ވަނަ އަހަރުގެ ކަލަންޑަރު ލޯންޗުކޮށްފި - ފޮޓޯ/ ދިރާގު

އަދި ސުނާމީ ކާރިސާއަށް ފަހު ގެއްލުން ލިބުނު މުވާސަލާތީ ވިއުގައިގެ ބައިތައް އަލުން މަރާމާތުކޮށް، ރަށްރަށުގައި މުވާސަލާތީ ހިދުމަތްތައް އަވަސްގޮތެއްގައި އަލުން ގާއިމްކުރުމަށް ދިރާގުން ކުޅުނު މުހިންމު ދައުރުގެ މައްޗަށް އޭނާ ވަނީ އަލިއަޅުވާލައްވާފަ އެވެ.

އެކަމުގެ ސަބަބުން ސަރުކާރާއި އެކިއެކި ޖަމިއްޔާ ޖަމާއަތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުން އައި މަސައްކަތްތައް ހަލުވި ވެގެން ދިޔަކަން ވެސް ސީއީއޯ ފާހަގަކުރެއްވިއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ޑިޖިޓަލް މުޖުތަމައުތައް ބާރުވެރިކުރުވައި،ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މުއްސަނދި ކުރުމަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް