ޕްރިމިއާ ލީގުގައި ރޭ އާސެނަލް މޮޅުވީ އިޕްސްވިޗް އަތުން އެއް ލަނޑު ސުން ލަނޑުންނެވެ. މި މެޗުން ހޯދި ތިން ޕޮއިންޓާއެކު އާސެނަލުން ދެ ވަނަ އަށް އެރީ 18 މެޗުން 36 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ޗެލްސީ އަށް ވަނީ 18 މެޗުން 35 ޕޮއިންޓް ލިބިފަ އެވެ. ލީގުގެ އެއް ވަނައިގައި އޮތީ ލިވަޕޫލެވެ. އެއީ 17 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ ކައި ހަވާޓްޒް އެވެ.