ads
ހޯމް މިނިސްޓަރު އަލީ އިހުސާން
ބޮންޑެޑް ވެއާހައުސް ދެން ހިންގޭނީ ކަސްޓަމަސްގެ ކޮންޓްރޯލް އޮންނަ ތަންތަނުގައި: އިހުސާން
މީގެކުރީގައި އަމިއްލަ ގޭގޭގައި ބޮންޑެޑް ވެއާހައުސްތައް ހިންގޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، މީގެ ފަހުން އެފަދަ ގުދަންތައް ހިންގޭނީ ކަސްޓަމްސްގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގައި އެކަނި ކަމުގައި ކަނޑައަޅައިފި އެވެ.
Advertisement

މާލޭގެ ގެއެއްގައި ހުރި ބޮންޑެޑް ވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރޭޓު ގެއްލުނު މައްސަލައަކާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިން ކަން އޮތްގޮތަކީ ސަލާމަތީ ގޮތުންނާއި ކޮންޓްރޯލް ކުރުމުގެ ގޮތުން ވިސްނިޔަސް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ފުލުހުންނާއި ކަސްޓަމްސް ގުޅިގެން މިހާރު ދަނީ ކަސްޓަމްސްއަށް އެންގުމެއް ނެތި ބޮންޑޮޑް ވެއާ ހައުސް ހުރި ތަން ދޫކޮށްލައި އެ ތަނުގައި ވެރިފަރާތުން އެހެން މަސައްކަތެއް ފެށި މައްސަލަ ތަހުގީގު ކުރަމުންނެވެ.

އިހުސާން ވިދާޅުވީ ކަސްޓަމްސް އިން ބެލި ބެލުމުން އެކަން ޔަގީން ވެފައިވާތީ ވެއާހައުސްގައި ހުރި ކަމަށް ރެކޯޑުތަކުން ދައްކާ މުދަލަށް ޑިއުޓީ ދެއްކުމަށް އަންގާފައިވާ ކަމަށެވެ.

މިކަން ހިނގި ގޮތް އިތުރަށް ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް ކަސްޓަމްސާއި ފުލުހުން ގުޅިގެން މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް