ads
މަނޯޖު ކުމާރު
ކުރީގެ މަޝްހޫރު ތަރި މަނޯޖު ކުމާރު ކުއްލިގޮތަކަށް މަރުވެއްޖެ
ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި މަނޯޖު ކުމާރު ކުއްލިގޮތަކަށް މަރުވެއްޖެއެވެ.
Advertisement
ހަބަރުތައް ބުނާގޮތުން އުމުރުން 87 އަހަރު މަނޯޖު މަރުވީ ހާޓްއެޓެކެއް ޖެހިގެން ފަރުވާ ދެމުން އަންނަނިކޮށެވެ. 
މަޝްހޫރު ފިލްމުތަކެއް ކުޅެފައިވާ މަނޯޖު ކުމާރަކީ ބޮލީވުޑްގައި އިންޑިއާގެ ގައުމިއްޔަތުގެ ޝިއާރުތައް ދިރުވަން މަސައްކަތް ކުރި އަދި އެފަދަ ފިލްމުތައް ކުޅެފައިވާ އެކްޓަރަކެވެ. 

އެކްޓެރެއްގެ އިތުރުން މަނޯޖު ކުމާރު ވަނީ ފިލްމު ޕްރޮޑިއުސްކޮށް ޑައިރެކްޓަރެއްގެ ގޮތުގައިވެސް ހަރަކާތްތެރިވެފައެވެ. 

މަނޯޖު ކުމާރުގެ މުޅި ކެރިއަރުގައި ވެސް މަޝްހޫރުވެފައިވަނީ އެއްބައިވަންތަކަމާއި ގައުމީ ފަހްރުގެ މައްޗަށް އަލިއަޅުވާލާފައިވާ ފިލްމުތަކުންނެވެ. އެހެންކަމުން ބޮލީވުޑްގައި މަނޯޖު ސިފަކޮށްފައިވަނީ "ބާރަތު" ކުމާރު ގެ ނަމުންނެވެ. 

މަނޯޖު ކުމާރުގެ އަސްލު ނަމަކީ ހަރިކްރިޝަން ގޯސްވާމީއެވެ. އޭނާ އަށް މަނޯޖު ކުމާރު އެނަން ދެވުނީ 1950 ގެ އަހަރުތަކުގެ ފަހުކޮޅު އިންޑިއާގެ ސިނަމާއަށް ތައާރަފުވި ފަހުންނެވެ. މަނޯޖުގެ މަޝްހޫރު ވެގެން އައި ފިލްމުތަކުގެ ތެރޭގައި 1967 ވަނަ އަހަރު ނުކުތް "އުޕްކާރް"، 1970 ގައި ނުކުތް "ޕޫރަބް އޯރް ޕަޗިމް" އަދި 1981 ގައި ރިލީޒްކުރި "ކްރާންތީ" ހިމެނެ އެވެ. 

ކުމާރަކީ ސިނަމާއަށް އިންޑިއާއިން ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ދާދާސާހެބް ޕަލްކޭ އެވޯޑް ފަދަ ގައުމީ ގިނަ އެވޯޑްތަކެއް ހާސިލްކޮށްފައިވާ އެކްޓަރެކެވެ. 

މަނޯޖް މަރުވުމާއެކު ބޮލީވުޑާއި އިންޑިއާގެ ސިޔާސީ ދާއިރާގެ ގިނަ ބަޔަކު ވަނީ ހިތާމައިގެ ޝުއޫރުތައް ފާޅުކޮށްފައެވެ. އޭގެ ތެރޭގައި އެގައުމުގެ ރައީސް ދްރޯޕަޑީ މުރުމުރު އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ހިމެނިވަޑައިގަންނަވައެވެ. 

މަނޯޖްގެ އާއިލާއިން ބުނާ ގޮތުގައި އޭނާގެ ޖަނާޒާގެ ކަންތައްތައް ކުރިއަށް ގެންދާނީ މިއަދުގެ ވަގުތެއްގައެވެ. 




0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް