ގެއްލިގެން ހޯދަނީ ޔަލަމްލަމް ހައްޖު އެންޑް އުމްރާ ގުރޫޕާއެކު ސައުދީ އަރަބިއްޔާ އަށް ދިޔަ ޏ. ފުވައްމުލަށް/ސްޓެއްލާ، ހުސެއިން މުހައްމަދު ދީދީ 63، އެވެ. އުމްރާގެ އަޅުކަން އަދާކުރުމަށް ހުސެއިން ސައުދީ އަށް ދިޔައީ އިއްޔެގެ ވަގުތެއްގަ އެވެ.
ޔަލަމްލަމް ހައްޖު އެންޑް އުމްރާ ގުރޫޕުން ބުނީ ހުސެއިން ގެއްލުނީ އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ސައީ ކުރަނިކޮށް ކަމަށެވެ. ހުސެއިން ގެއްލުނު އިރު ހުރީ އިހުރާމުގަ އެވެ. އޭނާގެ ކަރުގައި ޖަމާއަތުގެ ފާސް ވެސް އަޅާފައިވެއެވެ.
ހުސެއިން މުހައްމަދު ދީދީއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެކަން އަންގައިދިނުމަށް ވަނީ އެދިފަ އެވެ.
މައްކާއިން ގުޅޭނެ ނަމްބަރު: 593709492 966+ / 565836862 966+
މާލެއިން ގުޅޭނެ ނަމްބަރު: 9199919 / 7901612