ސަކާއަށް އަނިޔާވީ އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގައެވެ. އެ މެޗުގައި އުމުރުން 23 އަހަރުގެ ސަކާގެ ފަލަމަސްގަނޑަށް ލިބުނި އަނިޔާއަކާ ގުޅިގެން މެޗުގެ ކުރީކޮޅު އޭނާވަނީ ބަދަލުކޮށްފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސަކާވަނީ ފައިގެ އޮޕަރޭޝަނެއް މިހާރު ކޮށްފައެވެ. އަދި އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ދެ މަހެއްހާ ދުވަސް ނަގާނެ ކަމަށްވަނީ ބެލެވިފައެވެ.
އަނިޔާއާ ހެދި ސަކާ އަށް މި ސީޒަނުގައި ދެ މެޗެއް ކުރިންވެސް ވަނީ ގެއްލިފަ އެވެ.