ޑްރޯންގެ އެހީގައި އަތުލައިގަތީ ލަންކާގެ މަސްބޯޓެއް
އަލީ މިދުހަތު
29 ޑިސެމްބަރ 2024 - 10:58:03
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މީގެ ތިން ދުވަސް ކުރިން ޑްރޯންގެ އެހީގައި އަތުލައިތް ބޯޓަކީ ސްރީ ލަންކާގެ އުޅަނދެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި، ގާނޫނާ ހިލާފަށް ހާއްސަ އިގްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފް އެއާ ކޯ ޑްރޯންގެ އެހީގައި ލޮކޭޓް ކުރުމަށްފަހު ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނައިކަން ހާމަކުރީ މިމަހުގެ 26 ވަނަ ދުވަހު އެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ އެއީ ލަންކާއަށް ނިސްބަތްވާ އުޅަނދެއް ކަމަށާއި އުޅަނދުގައި ތިބީ ތިން މީހުން ކަމަށެވެ.
އެ އުޅަނދު މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެގެން އުޅުނު ސޯމާލިއާ ޑިންގީއެއް ވެސް މިދިޔަ ހަފްތާގައިވަނީ ހިފަހައްޓާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް