މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހު ހެނދުނު އެ ރަށު ގޮނޑުދޮށަށް ލައްގާފައި އޮއްވަ އެވެ.
އެއީ މާވަހަރެއް ކަން ޔަގީންކުރަން އޭނާގެ އާއިލާގެ މީހެއްގެ ހަވާލުގައި މިހާރު ވަނީ މާލެ ގެނެސްފަ އެވެ.
ނަމަވެސް، މާލޭގައި ސީދާ ޓެސްޓުކުރެވޭނެ ގޮތެއް ނެތެވެ. އަދި އެ ބޭރަށް ފޮނުވޭތޯ ބަލަމުން އަންނަ ކަމަށް "މާވަހަރު" ހޮވި އުމުރުން 24 އަހަރުގެ ޒުވާނާ ބުންޏެވެ.
އޭނާ އަށް މި އެއްޗެއް ފެނުނީ އަމިއްލަ މަސައްކަތެއް ކޮށްލުމަށް އަކިރިކޮޅެއް ނަގަން އުޅުމުގެ ތެރޭގައި ކަމަށްވެ އެވެ.