
އަހަރުގެ ކޮންމެ ދުވަހަކު 42.5 ކިލޯމީޓަރު ދުވެ، ފުރިހަމަ މެރަތަންއެއް ހަމަކޮށްގެން ރެކޯޑް ފޮތަށް އެރީ، ބެލްޖިއަމްގެ ދުވަސްވީ އަންހެނެކެވެ. އޭނާގެ އުމުރަކީ 55 އަހަރެވެ.
މި އަންހެން މީހާވަނީ މުޅި އަހަރުގެ ދުވުމުގެ ތެރެއިން އިޖުތިމާއީ ކަންކަމަށް ފަންޑްވެސް ހޯދާފައެވެ. އޭނަވަނީ އުރަމަތީގެ ކެންސަރާ ގުޅޭ ދިރާސާތައް ކުރުމަށް، ގާތްގަނޑަކަށް 60،000 ޔޫރޯ (62،438 ޑޮލަރު) ފައިސާ ވެސް ހޯދާފަ އެވެ.
އަހަރުގެ ކޮންމެ ދުވަހަކު މެރަތަންއެއް ދުވެގެން ރެކޯޑް ފޮތުން ޖާގަ ހޯދިއިރު، މީގެ ކުރިން އެންމެ ގިނަ މެރަތަން އެއް އަހަރުގެ ތެރޭގައި ދުވުމުގެ ރެކޯޑް އަންހެނަކީ، އަހަރު ތެރޭގައި 150 މެރަތަން ދުވި ރެކޯޑެވެ. އެކަމަކު، އަހަރުގެ ކޮންމެ ދުވަހަކު މެރަތަންއެއް ދުވުމުގެ ރެކޯޑް ބްރެޒިލްގެ ފިރިހެނަކު ކުރިން ހަދާފައި އޮވެއެވެ.
ބެލްޖިއަމްގެ އަންހެން މީހާ ހެދި ރެކޯޑްއާ ގުޅިގެން، މިހާރު އަންނަނީ ގިނިސް ވޯލްޑް ރެކޯޑްސް ޖަމިއްޔާގެ ޝަރުތުތައް ފުރިހަމަ ކުރުމަށް ކޮންމެ ދުވަހަކު އެއްކުރަން ޖެހުނު ޖީޕީއެސް ޑޭޓާއާއި ފޮޓޯ އަދި ވީޑިއޯ ހެކިތަކާއި މިނިވަން ހެކިވެރިންގެ ރިޕޯޓްތައް ފައިލް ކުރަމުންނެވެ.