މި ސްޕެއިން ފަތުރުވެރިޔާއަކީ ގާޝިއޯ ރޯމިއު ރޮޑްރިގުއޭޒް ލުއިސް އެވެ. އެގޮތުން މިއަދުގެ ފަތިސް ވަގުތުގައި ލުއިސް ރާއްޖެއަށް ޒިޔާރަށްކޮށްފައި މިވަނީ އޭނާގެ އާއލިާއާއެކުއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލުއިިސް އާއި އޭނާގެ އާއިލާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ލުއިސްގެ އާއިލާއަށް އާއަރުގެ ތަހުނިޔާ އަރިސް ކުރަމުން ވީއައިއޭ އިން ބުނީ އޭނާ ރާއްޖެއަށް 11 ފަހަރަކު ޒިޔާރަތްކޮށްފައިވާކަމަށެވެ. އެހާ ގިނަ ފަހަރު އޭނާ ރާއްޖެއަށް އައިސްފައިވުމާއެކު ވީއައިއޭ އިން ވަނީ އެއީ ޓޫރިސްޓުންގެ އިތުރުން އާއިލާއެއް ފަދަ ބައެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ލުއިސް އަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ލޯބިކުރާ މީހެއްކަމަށް ފާހަގަކޮށް ވީއައިއޭ އިން ވަނީ އެ އާއިލާ އިން ރާއްޖެ "ސެކަންޑް ހޯމް" އެއް ގޮތުގައި ދެކޭތީ ޝުކުރުއަދާކޮށްފައެވެ.