އާސެނަލް ދެވަނައަށް އެރީ ރަށުން ބޭރުގައި މިރޭ ބްރެންފޯޑް އަތުން މޮޅުވެ ހޯދި ތިން ޕޮއިންޓާއެކުއެވެ. އާސެނަލް ދެވަނައިގަ އޮތީ، 19 މެޗުން 39 ޕޮއިންޓް ހަމަކޮށްގެނެވެ.
އެއްވަނައިގަ ލިވަޕޫލް އޮތީ 18 މެޗުން 45 ޕޮއިންޓާއެކުއެވެ. ޓޭބަލްގެ ތިންވަނައިގަ ނޮޓިންހަމް ފޮރެސްޓް އޮތް އިރު، ހަތަރެއްގައި އޮތީ ޗެލްސީއެވެ.
އާސެނަލް ބެރެންފޯޑް އަތުން މިރޭ މޮޅުވީ ބްރެންފޯޑުން ލަނޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ.