އަންކޮއަކީ، އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުން ވިދާލި އެންމެ ކާމިޔާބުއެއް ކުޅުންތެރިއާ އެވެ. ގައުމީ ޓީމަށްވެސް އަންކޮ ކުޅުނެވެ. އޭނާވަނީ އެއްވަނަ ޑިވިޝަނުގައި މޮޅު ކުޅުމެއް ކުޅެފައެވެ. އަދި ޒުވާން ގައުމީ ޓީމުގައިވެސް އަންކޮވަނީ މޮޅު ކުޅުމެއް ކުޅެފައެވެ.
އަންކޮ، މިވަގުތަށް ފުޓްބޯޅަ ކުޅުމާ ދުރަށްދާން ނިންމިކަން ހާމަކޮށް ބުނީ، ދެން އަލުން އެނބުރި ކުޅޭނެ ކަމެއް ނުވަތަ ނޫން ކަމެއް މި ވަގުތު ބުނަން ނޭނގޭ ކަމަށެވެ.
އަހްލާގު ރަނގަޅު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަ ކުރެވޭ އަންކޮއަކީ ގާނޫނީ ވަކީލެއްވެސްމެއެވެ. އޭނާ ނިސްބަތްވަނީ ބ. ތުޅާދޫއަށެވެ. މިދިޔަ އަހަރު އޮތް ގޯލްޑަން ފުޓްސަލް މުބާރާތުގައި އަންކޮވަނީ ރަށު ޓީމަށް މޮޅު ކުޅުމެއް ކުޅެފައެވެ. އަންކޮ އެންމެ ފަހުން ކުޅުނީ ގްރީން ސްޓްރީޓްސްއަށެވެ.