އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ ލޯނުގެ ދަށުން ރަހުނަކާއި ނުލާ 100،000 ރުފިޔާއިން ފެށިގެން 2،000،000 ރުފިޔާއަށް ހަމައަށް ލޯނުދޫކުރެ އެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއޭޑަކާއެކު، 10 އަހަރު މި ސްކީމުގެ ދަށުން ލިބޭނެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި މި ލޯނަށް އެސްޑީއެފްސީގެ ޕޯޓަލް މެދުވެރިކޮށް މިހާރު ހުށަހެޅޭނެ އެވެ.
މުރާބަހާ ފެސިލިޓީގެ ދަށުން އާރްއެސްޑަބްލިއު ނިޒާމާއި އެއަށް ބޭނުންވާ ޖަނަރޭޓަރު ސެޓް އަދި ސޯލާ ޕީވީ ޕެނަލްތައް ގަނެވޭނެ އެވެ.
މި ސިސްޓަމް ގާއިމުކޮށް ނިމުމުން ގަނެފައިވާ ތަކެތީގެ އަގުގެ 35 ޕަސެންޓަށްވާ މިންވަރު ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެ އެވެ.