ޕާޓާގެ ބޯޑަށް މެންބަރުން ހޮވުމަށް ނެގުނު ވޯޓުގައި މެންބަރު ގައުމުތަކުން ވޯޓުލައި، ޝިއުރީ ވަނީ މި މަގާމަށް ހޮވިފައެވެ. މި މަގާމަށް ކުރިމަތިލެވެނީ މެންބަރު ގައުމުތަކުން ނޮމިނޭޓުކުރާ ފަރާތްތަކުގެ ތެރެއިންނެވެ.
ޝިއުރީ ހިމެނިވަޑައިގަންނަވާ ޕާޓާގެ ބޯޑުގައި ޖުމުލަ ހަތް މެންބަރުން ތިއްބެވެ. އޭގެ ތެރޭގައި ކޮރެއާ، ހޮންކޮންގް، ތައިލެންޑު، ޗައިނާ، ސައުދީ އަރަބިއްޔާ އަދި ޓައިވާންގެ މެންބަރުން ހިމެނެއެވެ. މި ބޯޑަކީ ޖަމިއްޔާ ހިންގުމުގައި އެންމެ އިސް ދައުރު އަދާކުރާ ފަރާތެވެ.
1951 ވަނަ އަހަރު އުފެދުނު މި ޖަމިއްޔާއިން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އިވެންޓުތަކާއި ދާއިރާއާ ގުޅޭ މުހިންމު އެވޯޑުތައް ދެމުން ގެންދެއެވެ.