ads
ދިވެހި އުމްރާވެރިން: - ފޮޓޯ:ހައްޖު ކޯޕަރޭޝަން
ހިޖުރަ އުމުރާ ގްރޫޕްގެ ހުއްދަ ހިފަހައްޓާ އެއް ލައްކަ އިން ޖޫރިމަނާކޮށްފި
އަލްހިޖުރަ ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އުމްރާއަށް ދިޔަ މީހުން ރާއްޖެއަށް ނާދެވި މައްކާގައި ހާލުގައިޖެހުނު މައްސަލާގައި، އެ ކުންފުނި 100,000 ރުފިޔާއިން ޖޫރިމަނާކޮށް، އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ މިއަދު ހިފަހައްޓައިފި އެވެ.
Advertisement

އެނގިފައިވާ ގޮތުގައި، އަލްހިޖުރަ ކުންފުނީގެ ހަވާލުގައި އުމްރާ އަށް މީހުން ފުރިއިރު ވެސް ޓިކެޓާއި ވިސާގެ މައްސަލަ ޖެހުނެވެ. އެ މީހުން ފުރުވާލަން ވެސް ޖެހުނީ އެކި ފްލެޓްތަކުން އެކި ދުވަސްތަކުގަ އެވެ. މިހާރު ސައުދީގައި ތާށިވެފައި ތިބި އުމްރާވެރިން އަނބުރާ ރާއްޖެއަށް ގެނައުމަށް ބޭނުންވާ ޓިކެޓު ގަތުމަށް އެ ގުރޫޕުން އަންނަނީ މަސައްކަތްކުރަމުންނެވެ.  

އެ މައްސަލަ ފެންމަތިވުމުން ކުންފުނިން ބުނީ އުމްރާގެ އަޅުކަން އަދާކޮށް ނިމުނު ފަހުން އެމީހުން އަނބުރާ ރާއްޖެ ނުގެނެވި ވަނީ ކުންފުންޏަށް ދިމާވި މާލީ ދަތިތަކެއްގެ ސަބަބުން ކަމަށެވެ.

"މި ކުންފުނިން މިވަގުތު ވެސް ދަނީ އުމްރާވެރިން ރާއްޖެ ގެނައުމަށްޓަކައި މަސައްކަތް ކުރަމުން. ނަމަވެސް އަދި މިއަދާ ހަމައަށް ވަނީ މިކަމުގައި ކުރިމަގެއް ނުފެނިފައި،" އަލްހިޖްރަ ކުންފުނިން ބުންޏެވެ.

ހާލުގައި ޖެހިފައި ތިބީ 23 އުމްރާވެރިންނެވެ. އޭގެ ތެރޭގައި 12 އަހަރުން ދަށުގެ ތިން ކުޑަކުދިން ތިއްބެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އެ ކުންފުނީގެ "2024 ޑިސެމްބަރު އުމްރާ ދަތުރު"ގައި ދިއުމަށް ހަމަޖެހިފައިވާ އުމްރާވެރިން ދަތުރަށް ފައިސާ ދައްކާފައިވީ ނަމަވެސް އެ ފައިސާއިން އުމްރާވެރިންގެ ދެކޮޅު ޓިކެޓު ހަމަނުޖައްސާ އެ ފައިސާ ކުންފުނީގެ އެހެން ކަންކަމަށް ބޭނުންކޮށްފައިވާކަމަށް އެ ކުންފުނިން އިއުތިރާފުވެފައިވާ ކަމަށެވެ.

އަދި އެ ގްރޫޕްން ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލާއި ހިލާފުވެފައިވާތީ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައި ވެއެވެ. އެގޮތުން:

1- ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް އެ ވުޒާރާއިން، އެ ގްރޫޕަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން
2- އެއްލައްކަ ރުފިޔާއިން އެ ގްރޫޕް ޖޫރިމަނާކުރުން
3- އެ ގްރޫޕް އަދި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަނުދިނުން
4- އެ ގްރޫޕްގެ ފަރާތުން އުމްރާއަށް ގެންގޮސް ހާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމަށް އެ ވުޒާރާއިން ކުރި ހަރަދު އެ ކުންފިން ހޯދުން
5- މި މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހަށް ހުށަހެޅުން.

"އިސްވެ ދިޔަ ފިޔަވަޅުތައް ތަންފީޒުކުރުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އިދާރީ ގޮތުންނާއި ގާނޫނީ ގޮތުން ކުރަން ޖެހޭ އެންމެހައި ކަންކަން ފަސްޖެހުމެއް ނެތި ކުރާނެކަމުގެ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަން،" އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އަލް-ހިޖުރަ ޓްރެވެލްސް އެންޑް ޓުއާސް އިން އުމްރާއަށް ގެންގޮސް އަނބުރާ ރާއްޖެ ނާދެވި، ހާލުގައި ޖެހުނު މީހުން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެ ގެނައުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން މިހާރު އަންނަނީ ކުރަމުންނެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް