މި އަހަރުގެ ސްކޯލަޝިޕް ޕްރޮގްރާމްގެ ދަށުން ތިން ދަރިވަރަކަށް ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. މި ސްކޯލަޝިޕްގެ ދަށުން ބެޗެލާސް، މާސްޓާސް އަދި ޕީއެޗްޑީ ފެންވަރުގެ ކޯސްތަކުގައި ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި މި ސްކޯލަޝިޕްތަކަށް ކުރިމަތިލެވޭނީ މައި އެޑިއު ޕޯޓަލް މެދުވެރިކޮށެވެ. އަދި ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން ނޮމިނޭޓް ކުރެވޭނެއެވެ. ސްކޯލަޝިޕްގެ ދަށުން ކޯސް ފީ ހިލޭ ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ސްކޯލަޝިޕާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓާއި ޗައިނާ އެމްބަސީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.