ފުލުހުން މީޑިއާތަކަށް ދިން މައުލޫމާތުގައި، އޭނާގެ ހަށިގަނޑު ނޭޕާލަށް ފޮނުވާލީ 7 ޖެނުއަރީގައި ކަމަށް ބުނެފައިވެއެވެ. އޭނާ މަރުވި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 9 ނޮވެންބަރު 2023 ވަނަ ދުވަހުގެ ހެނދުނުއެވެ.
ފުލުހުން ބުނީ، ކުންޗަން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ބަނޑުގައި ވަރަށް ބޮޑަށް ރިއްސާތީ ކަމަށާއި، ހޮސްޕިޓަލަށް ދަނިކޮށް އޭނާގެ ހަބަރު ހުސްވެފައިވާ ކަމަށެވެ. މެޑިކަލް ރިޕޯޓުގައިވާ ގޮތުން އޭނާ މަރުވި ސަބަބު ނޭނގޭ ކަމަށާއި، އެނީމިއާ ބައްޔަށް ބޭސްކުރަމުންދިޔަ މީހެއް ކަމަށް ފާހަގަކޮށްފައިވެއެވެ.
އޭނާ މަރުވި މައްސަލައިގައި އެންމެ ފުރަތަމަ އަޑުފެތުރުނީ ޖިންސީ ގޯނާއެއްގެ ޝިކާރައަކަށްވެފައިވާ ކަމަށެވެ. ނަމަވެސް މެޑިކަލް ރިޕޯޓުގައި އެފަދަ އެއްވެސް އަނިޔާއެއްގެ ހެއްކެއް ނެތް ކަމަށް ފުލުހުން ބުނެފައިވެއެވެ.