އެގޮތުން އެ މަގާމަށް ހަމަޖެހުނީ ޕީއެންސީގެ ޓިކެޓްގައި ކުރިމަތިލި އަހުމަދު ރިޝްފާނެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށެވެ. އެހެންކަމުން އިތުރު އިންތިހާބެއް ބޭއްވުމަކާ ނުލައި އެ މަގާމު ރިޝްފާނަށް ލިބިފައިވާ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.
ފައިނު ކައުންސިލްގެ ރައީސްކަމަށް ހޮވުނު އަހުމަދު ރިޝްފާނަކީ މިހާރު ފެނަކަ ކޯޕަރޭޝަންގެ ފައިނު ބްރާންޗްގެ މެނޭޖަރުގެ މަގާމު ފުރަމުންދާ ފަރާތެކެވެ. މީގެ ކުރިން މި މަގާމުގައި ހުރި މޫސާ އުމަރުމަނިކު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30 ގައި އިސްތިއުފާ ދީފައެވެ. އޭނާ އިސްތިއުފާ ދިނުމުގެ ކުރިން އެމްޑީޕީން ޕީއެންސީއަށް ބަދަލުވެފައިވެއެވެ.