މާލެ ސަރަހައްދަށް ފެނުގެ ހިދުމަތް ފޯރުކޯށްދޭ ކުންފުނި، އެމްޑަބްލިއުއެސްސީން ބުނި ގޮތުގައި ފެނުގެ ހިދުމަތް ކެނޑިފައިވަނީ ޓަވަރު 1 އިން 8 އަށެވެ.
އެކުންފުނިން ބުނީ އެމަސައްކަތް ވީ އެންމެ އަވަހަކަށް ހައްލު ކުރުމުގެ މަސައްކަތް އެކުންފުނީގެ ޓީމުން ކުރަމުން އަންނަ ކަމަށެވެ.
އަދި ފެން ލިބުން މެދުކެނޑިފައިވާތީ، އެކަމަށްޓަކައި އެކުންފުނިން ވަނީ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް މައާފަށް އެދިފަ އެވެ.
ދެންމެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރި ޕޯސްޓެއްގައި ބުނީ، އެ ކޯޕަރޭޝަނާ އެމްޑަބްލިއުއެސްސީއާ އެއްކޮށް މަސައްކަތްކޮށް އެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށެވެ.