ކަސްޓަމްސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިތަކެތި އަތުލައިގަނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ.
ކަސްޓަމްސްގެ ގާނޫނުގެ ދަށުން، ރާއްޖެއަށް އަންނަ އަދި ފުރާ ފަސިންޖަރުންނާއި، އެމީހުންގެ ފޮށިތަންމަތި އަދި ރާއްޖެ އެތެރެކޮށް ބޭރުކުރާ މުދާ ބަލައި ފާސްކުރުމުގެ ޒިންމާ އޮންނަނީ ކަސްޓަމްސްއާ ހަވާލުކޮށްފައެވެ.
ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރާ މައްސަލަތައް އެކި ދުވަސްވަރު ކަސްޓަމްސްއިން ދަނީ ހޯދަމުންނެވެ.