މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 11 ޕަސަންޓުގެ ކުރިއެރުމެކެވެ. މީރާއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ލިބުނު އާމްދަނީގެ ތެރެއިން 23 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ އެވެ. އަދި ފަސް ބިލިއަން ރުފިޔާއަކީ ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން ލިބުނު އާމްދަނީ އެވެ.
ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 14.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން 9.5 ބިލިއަން ރުފިޔާއަކީ ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އަދަދެވެ. އަދި އިންކަމް ޓެކްސްގެ ގޮތުގައި 5.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ރިސޯޓު ކުލީގެ ގޮތުގައެވެ. އެގޮތުން ރިސޯޓު ކުލީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު ފަސް ޕަސަންޓުގެ އިތުރުވުމެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;