ގެޒެޓުގައި ޝާއިއުކުރި ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުން އެސްއީޒެޑެއްގައި ކުރެވޭނެ މަސައްކަތްތަކަކީ، ޖުމްލަ 100 މިލިއަން ޑޮލރަށްވރެ ކުޑަ ނޫން އަދަދެއްގެ އިންވެސްޓުމެންޓުތަކުގެ އިތުރަށް، 500 މިލިއަން ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓުމެންޓު ހިމެނޭ ގޮތަށް ދެމެހެއްޓެނެވި ތަރައްގީގެ އުސޫލުތަކާ އެއްގޮތަށް ޓައުންޝިޕެއް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުތަކެވެ.
އިސްތިރާޖީ ގޮތުން މުހިއްމު އިންވެސްޓުމެންޓުތަކުގެ ތެރެއިން 100 މިލއިަން ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓުމެންޓުގެ ގޮތުގައި ނުވަ ދާއިރާއެއްގެ އިންވެސްޓުމެންޓު ގަރާރުގައި ރައީސްވަނީ ހިމަނުއްވާފަ އެވެ. އެއީ:
އޭގެ އިތުރުން ޖުމްލަ 500 މިލިޔަން ޑޮލަރަށް ވުރެ ކުޑަ ނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭ ގޮތަށް ތަރައްގީކުރަން ހުށަހަޅާ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫއުތަކުގައި އެންމެ ކުޑަ އިންވެސްޓްމަންޓުގެ ގޮތުގައި ކަނޑައަޅާފައިވާ 500 މިލިޔަން ޑޮލަރު ހާއްސަ ކުރަންވާނީ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓުގެ ކޮމްޕޯނަންޓްތަކަށް ކަމަށް ވެސް ވަނީ ނިންމައިފަ އެވެ.