ads
މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރުންތަކެއް: އެ ކައުންސިލުން ވަނީ މޫސުން ގޯސްވާނެ ކަމަށް ބުނެފައިވާތީ، އެކަމަށް ތައްޔާރުވާން ފަށާފައި - ފޮޓޯ/ މާލެ ސިޓީ ކައުންސިލް
ވިއްސާރައަށް ތައްޔާރުވާން މާލޭ ސިޓީ ކައުންސިލުން ކާރިސާ ކޮމިޓީއެއް އުފައްދައިފި
މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ އެކަމަށް ތައްޔާރުވުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ކާރިސާ ކޮމެޓީއެއް އެކުލަވާލައިފި އެވެ.
Advertisement

މާދަމާއިން ފެށިގެން އަނެއްކާވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ވަނީ ލަފާކޮށްފަ އެވެ.

މެޓުން ބުނީ ބޭ އޮފް ބެންގަލްގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށެވެ. އެ ކޮޅިގަނޑު ހުޅަނގަށް ޖެހި އޭގެ އަސަރު ރާއްޖެއަށް މާދަމާއިން ފެށިގެން ކުރާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެ އެވެ.

އެ ވިއްސާރަ ހަ ދުވަހަށް ދެމިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ވެސް މެޓުން ބުންޏެވެ.

އެ ކޮޅިގަނޑުގެ ސަބަބުން އާންމުކޮށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށާއި އަދި އުތުރާއި މެދުރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެ އެވެ.

ވިއްސާރަ އެލާޓާއި ގުޅިގެން ކައުންސިލުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް އަންދާޒާކޮށްފައިވާތީ ހާއްސަ ކާރިސާ ކޮމިޓީއެއް އުފައްދާފައިވާ ކަމަށެވެ.

ދުރާލާ ދިމާދެވާނެ ގެއްލުމަކުން ރައްކާތެރިވުމަށް އެންމެ ބޮޑަށް ފެން ވަންނަ ކަމަށް ފާހަގަކުރެވިފައިވާ ތަންތަނުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް މިރެއިން ފެށިގެން ކުރިއަށް ދާނެ ކަމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް