ads
ޔުނައިޓެޑުގެ ކުޅުންތެރިޔަކު އާސެނަލް މެޗުގައި
މާ މޮޅުވެގެން އުޅުނު އާސެނަލް ޔުނައިޓެޑު އަތްދަށުވެ ކަޓައިފި
އިނގިރޭސި އެފްއޭ ކަޕުގައި ޔުނައިޓެޑު އަތްދަށުގެ އާސެނަލް ކަޓައިފިއެވެ.
Advertisement

ރޭ ޔުނައިޓެޑުން އާސެނަލް ކަޓުވާލީ އާސެނަލްގެ ދަނޑުގައި ޕެނަލްޓީ ޖަހައިގެން 5-3 އިން ބަލިކޮށްގެނެވެ. މެޗުގައި ޕެނަލްޓީއަށްދާން ޖެހުނީ ފުރިހަމަ ވަގުތު ދެ ޓީމުވެސް އެއް ލަނޑު އެއް ލަނޑުން އެއްވަރުވެ، އަދި އިތުރު ވަގުތުގައި ނަތީޖާއަށް ބަދަލެއް ނައުމުންނެވެ.

ޔުނައިޓެޑަށް ރޭ ލީޑު ނަގައިދިނީ، ދެވަނަ ހާފުގެ ކުރީކޮޅު ކެޕްޓަން ބުރޫނޯ ފެނާންޑޭސް ޖެހި ހިތްގައިމު ލަނޑުންނެވެ. އާސެނަލް އަށް އެއްވަރު ކޮށްދިނީ ޑިފެންޑަރު ގެބްރިއެލް މަންގަޅޭސް އެވެ. އޭގެ ފަހުން އާސެނަލްއަށް ޕެނަލްޓީއެއް ލިބި ކުރި ހޯދަން ފުރުސަތު ލިބުނު ނަމަވެސް ކެޕްޓަން މާޓިން އޮޑެގާޑް ފޮނުވާލި ޕެނަލްޓީ، ޔުނައިޓެޑްގެ ތުރުކީ ކީޕަރު އަލްޓޭ ބަޔިންޑިއޭ ވަނީ މަތަކޮށްފަ އެވެ.

އަލްޓޭ ބަޔިންޑިއޭވަނީ ޕެނަލްޓީ ޝޫޓްއައުޓްގައި އާސެނަލްގެ ކައި ހަވާޓްޒްގެ ޕެނަލްޓީ ސޭވްކޮށްފައެވެ. އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ނުކުންނާނީ، ވެން ނިސްޓެލްރޫއީގެ ލެސްޓަ ސިޓީއާ ދެކޮޅަށެވެ.

އެފްއޭކަޕްގައި އާސެނަލް އަތުން ޔުނައިޓެޑު މޮޅުވިއިރު، ލީގުގައި އެ ޓީމުންވަނީ ލިވަޕޫލްއާ އެއްވަރުކޮށް ވާދަވެރި މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް