ads
ސިފައިން ނިކުމެ މާލެއިން ފެން ހިންދަނީ
މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން އެމްއެންޑީއެފް ހަރަކާތްތެރިވަނީ
މާލޭގައި މިއަދު ބޯކޮށް ވެހުނު ވާރެއާ ގުޅިގެން ގިނަ މަގުތަކެއްގައި ފެންބޮޑުވެއްޖެއެވެ.
Advertisement

މި ކަމާ ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ވަނީ ފެން ހިންދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ފަށާފައެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ފެންބޮޑުވުމުގެ ސަބަބުން ނާޒުކު ހާލަތުގައިވާ 56 ގެއެއްގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ރޭގެ ވަގުތެއްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މިއަދުވެސް އިތުރު ސަރަހައްދުތަކުގައި މި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ވެސްޓްޕާކް ސަރަހައްދުގައި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ދަނީ ކުރަމުންނެވެ. މި މަހުގެ ކުރީކޮޅު ވެސް މާލޭގައި ފެންބޮޑުވެ، ގިނަ ގެތަކަކަށް ގެއްލުން ލިބުނު އިރު، އޭގެ ގެއްލުމުގެ އަގު 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް