ރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، ޑިމޮކްރެޓްސްގައި ހުރެގެން ރައްޔިތުންނަށް ހިދުމަތްކުރުމުގެ ފުރުސަތު ވަރަށް ހަނިކަމަށެވެ. އަދި އެ ޕާޓީގައި ހުރެގެން އޭނާ ކުރަން ބޭނުންވާ މަސައްކަތްތައް ކުރެވޭނެ މީހުން އިންތިހާއަށް މަދުކަމަށް ވެސް ބުންޏެވެ.
ހަސަން ލަތީފް ފާހަގަކުރި ގޮތުގައި ޑިމޮކްރެޓްސްއަށް ރައްޔިތުންގެ ތާއީދު ލިބުނު ނަމަވެސް، އެކަން ވޯޓުން ފެނިފައި ނުވާކަމަށެވެ.
"ކުރިއަށް އޮތް އިންތިހާބުތަކުގައި ޑިމޮކްރެޓްސްއަށް ސަރުކާރެއް އުފެއްދޭނެކަމާމެދު އޭނާއަށް ގަބޫލުކުރަން ދަތި،" ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅޭގޮތުން ހަސަން ލަތީފް ވިދާޅުވީ ދައުލަތާއި ސަރުކާރު ހިންގުމާ ގުޅޭގޮތުން އޭނާގެ ވިސްނުންތަކެއް ހުރި ކަމަށާއި، އެ ވިސްނުންތައް ތަންފީޒުކުރެވޭނީ އެމްޑީޕީގެ ތެރެއިން ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.