ads
ކްރިމިނަލް ކޯޓު ސަރަހައްދުގައި ފުލުހުން
21 މިލިއަން ރުފިޔާގެ މަނީ ލޯންޑްރިން މައްސަލައިގައި ދެމީހުން އަލުން ހައްޔަރު
ފުވައްމުލަކުގައި ހިންގި ބޮޑު މަނީ ލޯންޑްރިން މައްސަލައެއްގައި ހައިކޯޓުން ދޫކޮށްލި ދެމީހުން އަލުން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
Advertisement

މި އަމުރު ނެރުނީ ހައިކޯޓުން އެ ދެމީހުން ދޫކޮށްލިތާ ދުވަސްތަކެއް ފަހުންނެވެ.

ހައްޔަރުކުރަން އަމުރުކޮށްފައިވަނީ ފުވައްމުލަކު ދޫޑިގަން، ކަރަންކާވިލާގެ އުމުރުން 34 އަހަރުގެ އަހުމަދު ނިއުޝާދު  އާއި އުމުރުން 29 އަހަރުގެ ހަސަން އާޒިމް އެވެ. މި ދެމީހުންގެ މައްޗަށް ދައުވާކޮށްފައިވަނީ މަސްތުވާތަކެއްޗާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ.

ފުލުހުންގެ ތަހުގީގުތަކުން ދައްކާގޮތުން، ފާއިތުވި ފަސް އަހަރުގެ ތެރޭގައި ނިއުޝާދުގެ އެކައުންޓު މެދުވެރިކޮށް 21 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވެއެވެ. އަދި އާޒިމްގެ އެކައުންޓުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ހަތް މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާކަން ފާހަގަކުރެވިފައިވެއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، މި މައްސަލައިގެ ތަހުގީގު މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ކުރިއަށްދާއިރު، އިތުރު ބައެއްގެ މައްޗަށްވެސް ދައުވާ އުފުލާފައިވެއެވެ. އަދި މި ދެމީހުން ހަތް ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް