ads
ޕީއެންސީއަށް ގުޅުނު މެމްބަރުންތަކެއް ފޯމް ހަވާލުކުރަނީ
ސައްހަ ނޫން ފޯމްތަކެއް ހުށައަޅާފައިވޭ، މައްސަލަ ބަލަނީ: ޕީއެންސީ
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) އަށް މެމްބަރުން އިތރުކުރުމަށް ސައްހަ ނޫން ފޯމްތަކެއް ހުށައަޅާފައިވާތީ އެ މައްސަލަ ބަލަމުން އަންނަކަމަށް އެޕާޓީން ބުނެފިއެވެ.
Advertisement

އެޕާޓީން މިހެން ބުނެފައި މިވަނީ ރައްޔިތުން މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) އޭނާއަށް ނޭނގި ވެރިކަން ކުރާ ޕީއެންސީއަށް ވެއްދި މައްސަލައިގައި، އެ ކަމުގައި ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން އިއްޔެ ބުނެފައި ވަނިކޮށެވެ. އަދި މި ނޫންވެސް ބައެއް މީހުންނަށް ނޭނގި އޮޅުވާލައިގެން ޕީއެންސީއަށް ވައްދާފައިވާކަމުގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. 

ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މެމްބަރުން އިތުރުކުރުމުގެ ހަރަކާތް ހިންގީ ޕާޓީގެ އެކްޓީވިސްޓުންނާއި ފާޓީއަށް ހެތޮ އެދޭ ފަރާތްތަކުގެ ބައިވެރިވުމާއިއެކުގައިކަމަށެވެ. އެގޮތުން ޕާޓީގެ ފަރާތުން އިސީއަށް ހުށއެޅި އެތައް ހާސް ފޯމެއްގެ ތެެރޭގައި މަދުން ނަމަވެސް ސައްހަ ނޫން ފޯމްތައް ހުށައެޅިފައިވާކަން އެ ޕާޓީއަށް ފާހަގަވެފައިވާކަމަށް ޕީއެންސީ ނެރުނު ބަޔާނުގައިވެއެވެ. 

ޕީއެންސީ ބުނީ އެޕާޓީގެ މެމްބަރުން އިތުރުކުރުމަށް ހިންގި ހަރަކާތަކީ ރާއްޖޭގައި މިހާތަނަށް އެއް ފަހަރާ އެންމެ ގިނަ އަދަދަކަށް ސީޔާސީ ޕާޓިއަކަށް މެމްބަރުން ވަނުމަށް ފޯމް ހުށައެޅި ހަރަކާތްކަމަށެވެ. އެހެންކަމުން ޕާޓީގައި ފޯމްތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގާބިލުކަން ނެތްކަމަށާއި އެކަން ކުރެވެނީ އިލެކްޝަނަށް ފޯމު ހުށައަޅާ ފަހުންކަމަށް ޕީއެންސީގެ ބަޔާނުގައިވެއެވެ. އަދި މިކަމަކީ ރާއްޖޭގެ ވަސީލަތްތައް ހުރި ގޮތުން އެ ޕާޓީއަށް އެކަނި އޮތް ގޮންޖެހުމެއް ނޫންކަމަށްވެސް ޕީއެންސީގެ ބަޔާނުގައިވެއެވެ. 

ޕީއެންސީ ހުށައެޅި ފޯމުތަކުގައި ސައްހަ ނޫން ފޯމްތައް ހުރުމުން އެކަމުގެ ޝަކުވާ އީސީއާއި ފުލުހުންގެ ހިދުމަތުގައި ލޮގްކުރެވި އެ މައްސަލަތައް ބަލަމުން އަންނަކަން އެ މުއައްސަސާތަކުން ޕާޓީއަށް އަންގާފައިވާކަމަށްވެސް ޕީއެންސީ ނެރުނު ބަޔާނުގައިވެއެވެ. 

" މި ޕާޓީންވެސް މިދަނީ މި ފަދަ ފޯމްތައް ހުށައެޅިފައިވާ ގޮތް ބަލަމުންކަމުގައި ދަންނަވަން. އަދި ކޮންގްރެސް ޕާޓީގެ ފަރާތުން މި ދެ މުވައްސަސާއަށް މިކަން ބެލުމުގައި ފުރިހަމަ އެއްބާރުލުން ދެމުންދާނެކަން ކަށަވަރުކޮށްދެން،" ޕީއެންސީގެ ބަޔާނުގައިވެއެވެ.

ޕީއެންސީއަށް މެމްބަރުން ިއތުރުކުރުމަށް ހިންގި ހަރަކާތަކީ ރައީސް ޑރ. މުއިއްޒުގެ އެދިވަޑައިގަތުމަށް ހިންގި ހަރަކާތެއްކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އެ ހަރަކާތުގައި ޕާޓިގެ މެްމބަރުންގެ އަދަދު 80000 މައްޗަށް އަރާފައިވާކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް