މިއަދު ރައީސް އޮފީހުގައ ކުރިއަށް ގެންދިޔަ އެ މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ކުރިންވެސް ދެންނެވި ފަދައިން 2022 ވަނަ އަހަރު މެދުތެރެއާ ހަަމައަށް ހުރިހާ މައުލޫމާތެެއް ރައްކާކުރެވިފައި އޮންނާނެކަން ތަކުރާރުކުރައްވާފައެވެ.
އެހެންނަަމަވެސް އޭގެފަހުން މައުލޫމާތު ރައްކާނުކުރެވި ހުރި އެއް ސަބަބަކީ އެއިރު ދައްކަމުން އައި ސަބްސްކްރިޕްޝަންތަކެއް ދެެއްކުން ސަރުކާރުން ހުއްޓާލުމާއެއްކޮށް ކްލައުޑްގައި އެއްޗެހި ރައްކާނުކުރެވި ހުއްޓިފައި ހުރުމުން ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
އޭގެފަހުން އުމަރު ޒާހިރު ބިލްޑިންގައި އަދި އެނޫނަސް އެހެންތަންތަނުގައި ބެކްއަޕް ޑޭޓާތަކެއް ހެދުމަށް ސާވާ ސިސްޓަމްތަކެއް ގާއިމްކުރަމުން ދިޔަކަމަށާއި، ޕްރޮޖެކްޓް ނިމުމަކާ ހަމައަށް ދާން ކައިރިވެފައިވަނިކޮށް އަލިފާނުގެ ހާދިސާ ހިނގާދިޔަކަަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އެ ސާވާއަށް ލިބުނު ގެއްލުމާ ގުޅިގެން ހައުސިންގެ އަދި ފްލެޓް ލިސްޓަށްވެސް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ.
އެފަދައިން ހާމަކުރައްވާ މިނިސްޓަރު ވަނީ ފްލެޓް ލިސްޓް އަދި ގޯތި ލިސްޓުގެ އެއްވެސް މައުލޫމާތެއް ގެއްލިގެން ގޮފައިނުވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.